ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19: ދެން ކަންކުރާނެ ގޮތުގެ ހިޔާލަށް ހުޅުވާލައިފި

Aug 8, 2020
5
ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުންތަކެއް -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ފެންނަ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާއްވާފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން ވަނީ ނިންމާފަ އެވެ.

މި މައްސަލައާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައްް ހޯދުމުގެ މަސައްކަތް ކޮމެޓީގެ އިދާރީ މޭޒުން ފަށާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ. އަދި އެކަން ދިރާސާ ކުރުމުގެ ގޮތުން ބައެއް ޑޮކްޓަރުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންނާއި ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިސްވެރިންނާ ބައްދަލް ކުރުމަށް ކޮމެޓީން ފާސް ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާގެ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ފެންނަ ގޮތަކާމެދު ސިއްހީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އާންމުންނަށް ހިޔާލު ފޮނުވުމުގެ ސުންގަނޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.

ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއްގެ އިޝާރާތް ވަނީ ލިބިފައެވެ. މިފަހުން ކޮންމެ ދުވަހަކުވެސް ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. ކޮވިޑް ކޮންޓްރޯލްކޮށް ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސޮމެޮނެ

ހަތަ ރުއުދަ ރެސް ފެނުޖެހުނީތޯ؟

ހުމަ

ބޯހަލާކު ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާ ރާވާ ހިންގާކަށް ނޭގުނެއްނުން. މަކަރު ހެދުމާ އޮޅުވާލުމަށް ވަރަށްވެސް މޮޅު. ދެން ނާގާބިލް އިބޫސޯލިހު އިސްތިއުފާ ދިނުން ރަގަޅުވާނި

ކިނބޫ

ބަލަގަ ކުރިން ވަރަށް ވަރުގަދައަށް ވަރަށް މަލާމާތް ފާޑަށް ޑޮކްޓަރުންގެ ބަހަށޭ ކަން ކުރާނީ ބުނެ ފުއްޕީ. މިހާރު ކޮންކަމެއް. އަބަދު އުނބަށް ޖަހަން ޖެހެނީ ކިބުރުވެރިކަން ބޮޑުކަމުން.

ޚަހުރަބު

ލަދުން ބޯހަލާކު ވެއްޖެ. ޚުރާނެކަމެއް ނެތީތީވެ އަމީނު ފަހާދުރައްލާން ޕާޓީ ކުދިންކޮޅަށް ދައުވަތުދީގެން ކޮންމެސް ކަމެއް ކުރެވޭ ބަލަނީތަތިޔަ.

ބޮޑޭގެ ވަޒީރު

ކުރަންވީ ކަމަކީ މަޖިލީހުން ހުރިހާ ކަމަކަށް އުނދުޅި ބޭނުން ހުއްޓާލުން. އެއަށްފަހު، ކަމާބެހޭ ފަރާތްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ ބިރުދައްކައިގެން، މަޖިލިހަށް ފެންނަ ގޮތްގޮތަށް، ޚާއްޞަކޮށް ބޮޑުވަޒީރަށް ފެންނަ ގޮތަށް ކަންކަން ކުރުވަން ބިރުދެއްކުން ހުއްޓާލުން. އެއަށްފަހު ކަމާބެހޭ ބޭފުޅުންނަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދީ، އެފަރާތްތަކުގެ ނިންމުންތަކަށް އަމަލުކުރުމުގަ ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް މަޖިލިހާއި ސިޔާސީ އެންމެން ވުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345