ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހިތަދޫއާ ކަމަދޫން ދެމީހަކު ޕޮޒިޓިވް ވެއްޖެ

Aug 9, 2020
2
ސިއްހީ އޮފިޝަލަކުންތަކެއް މަސައްކަތުގައި: ސ. ހިތަދޫ އާއި ބ. ކަމަދޫން ދެ މީހަކު ޕޮޒިޓިވް ވެފައިވޭ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

އައްޑު އަތޮޅު ހިތަދޫ އާއި ބ. އަތޮޅު ކަމަދޫގެ ހޯމް ކަރަންޓިނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހިތަދޫން ޕޮޒިޓިވް ވެފައި ވަނީ 38 އަހަރުގެ ބިދޭސީ އެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައިވަނީ ލޮކްޑައުން ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.

އިއްޔެ ވަނީ އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހާ ދަތުރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓްކޮށް ސާމްޕަލް ނެގުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކަމަދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާވެސް ޕޮޒިޓިވް ވެފައިވަނީ ކަރަންޓިނު ނިންމާ ދޫކޮށްލުމަށް ހެދި ޓެސްޓަށް ފަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން. ބަލި މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވުމުގެ އުސޫލު މިހާރު ވަނީ ވަރަށް ހަރުކަށި ކޮށްފަ އެވެ.

ހޯމްކަރަންޓީންގެ ޝަރުތުތައް

  • މެޑިކަލް އިމަޖެންސީއެއްގައި / ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެން
  • މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެން
  • ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށް
  • ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެން
  • ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމާއި ގުޅިގެން

އެޗްޕީއޭއިން ބުނީ ހޯމްކަރަންޓީނަށް އެދުމަށް ފަހު އެކަމާ ގުޅޭ ލިޔެކިޔުންތައް ރަށުކައުންސިލަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށާއި ފުރަން ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 4،7000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މިބަި ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖާހިލު.

ހޯމް ކަރަންޓީނު ކުރާ މީހުން ގެޔަކު ނުތިބޭ. އެގޭގެޔަށް މީހުން ވަދެ ނުކުމެ އުޅޭ.

ފެރިސް

ކެނެރީގޭ ނަސީދުގެ ވައުދު ފުއްދައިދޭން ބަޔަކުކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުން ތިދަނީ ފައިސާއަށް ބަޔަކު ވިކި ހުސްވެފައި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345