ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސ. ހިތަދޫ މޮނިޓަރިންއަށް

ކޮވިޑް-19 އިގެ ޕޮޒިޓިވް ދެ ކޭހެއް ފެނުމުން އައްޑޫ ސިޓީގެ ހިތަދޫ މޮނިޓަރިންއަށް ގެންގޮސްފި އެވެ. ހިތަދޫ ލޮކްޑައުން ކުރިއިރު އެ ރަށުގެ އާބާދީ 10،000 އަށް ވުރެ މަތިވާނެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުގައި ތިބި އެއްވެސް މީހަކު ރަށުން ފާބައި އަދި ބަޔަކު ރަށަށް އެރުން މަނާ ކަމަށެވެ.

ހިތަދޫން ވަނީ ޕޮޒިޓިވް ކޭހެއް ފެނި ރިޕޯޓް ކޮށްފަ އެވެ. އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ 38 އަހަރުގެ ބިދޭސީއެކެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ ލޮކްޑައުން ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި އިރު އެވެ.

އިއްޔެ ވެސް ވަނީ އައްޑޫގެ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހާ ދަތުރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓްކޮށް ސާމްޕަލް ނެގުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ކޮވިޑް އަށް ބަލިވާ މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 4،700 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.