ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ކްލަސްޓާ: 40 މީހަކު ޕޮޒިޓިވް

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާ އަދި ހުޅުމީދޫ ކްލަސްޓާއިން މިހާތަނަށް 40 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އައްޑޫ ސިޓީ މިވަގުތު އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އެ ރަށުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ ހުޅުމީދޫއިންނެވެ. ހުޅުމީދޫގައި ޕޮޒިޓިވްވީ އެމްޓީސީސީ ސައިޓްގައި ތިބި ބައެކެވެ. އެއީ ބިދޭސީންގެ ބައެކެވެ. އެ ތަނުން މިހާތަނަށް 25 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ މޮނިޓަރިންއަށް ގެނައީ އެ ސިޓީގެ ވެރިރަށް ކަަމަށްވާ ހިތަދޫއިން ދެ މީހަކު ޕޮޒިޓިވްވެގެންނެވެ. އެއީ ކަަރަންޓީންގައި ތިބި ބައެއް ނޫން ކަމުން އެ ދެ މީހުންނާއި ބައްދަލުވި ގިނަ ބަޔަކު ތިއްބެވެ. އަދި އެ ކްލަސްޓާ ބޮޑުވެ ހަތަރު ރަށެއްގައި އެ ކްލަސްޓާއާ ގުޅުންހުރި މީހުން މިހާރު އެބަތިއްބެވެ. އެ ކްލަސްޓާއާ ގުޅުންހުރި 25 މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފައިވެއެވެ.

އެޗްއީއޯސީން ބުނީ ހިތަދޫއިން ޕޮޒިޓިވްވި ދެ މީހުންނާއި ގުޅުންހުރި ކޮންޓެކްޓެއް ތިނަދޫގައި ހުރި ކަމަށާ އޭނާގެ ސާމްޕަލް ނަގާ ޓެސްޓްކުރި ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ތިނަދޫވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. މީގެ އިތުރުން މިއަދު އިތުރު 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ ސިޓީގައި ހިތަދޫ ކްލަސްޓާއާ ގުޅުންހުރި 44 މީހަކު އެބަތިއްބެވެ. ތިނަދޫގައި 25 މީހަކު އެބަތިއްބެވެ.