ގައުމީ އިނާމް

ގައުމީ އިނާމަށް ހުށަހެޅުމުގެ ފަހު ދުވަހަކީ ބުރާސްފަތި

Aug 9, 2020

މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ހަމަވާނެ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި އަހަރު ވެސް މައިގަނޑު 33 ދާއިރާއަކުން ގައުމީ އިނާމު ދޭނެ އެވެ.

މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅެ އެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއް ވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ. އަދި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީ ވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޮނުއްވަން ޖެހެނީ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ.