ޗެލްސީ

ޗެލްސީއަށް އިތުރު ބަދަލު ގެންނަން ލަމްޕާޑް ވިސްނަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމުން، ޓީމު އޯވަހޯލް ކުރުމަށްޓަކައި ޓްރާންސްފާ މާކެޓަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް، ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން، ޗެލްސީ ކެޓީ ދެ ލެގްގައި ވެސް ބަޔާން މިޔުނިކް އަތުން ބަލިވުމުންނެވެ. ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި އޭނާ ވަނީ ޕްރިމިއާ ލީގްގެ ހަތަރު ވަނަ އަށް އަދި އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީ ގެންގޮސްފަ އެވެ.

އަންނަ ސީޒަނަށް، ޗެލްސީއަށް އާ ދެ ކުޅުންތެރިން މިހާރުވެސް ގުޅޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަޔެކްސްގެ ހާކިމް ޒިޔެކް އާއި ރެޑްބުލް ލައިޕްޒިގްގެ ފޯވަޑް ޓިމޯ ވާނާގެ ސޮއި ލިވަޕޫލުން ވަނީ މިހާރުވެސް ހޯދާފަ އެވެ.

އެ ދެކުޅުންތެރިންގެ ސޮއި ހޯދި ނަމަވެސް، ޓްރާންސްފާ މާކެޓްގައި ޗެލްސީގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް، ރޭ ގެމެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވއިުގައި ލަމްޕާޑް ބުންޏެވެ.

"އަހަރެމެން އެކަމަށް ފޯކަސް ކުރާނަން، ސަބަބަކީ އެއީ އަހަރެމެން ކުރަންޖެހޭނެ ކަމެއް،" ލަމްޕާޑް ވާހަކަ ދެއްކި އެވެ. "މިދިޔަ އަހަރު ކުރިމަތިވި ޓްރާންސްފާ ބޭން އާއެކު އެހެން ކުލަބުތަކުން ހޭދަ ކުރި މިންވަރަށް އަހަރެމެން ހޭދަ ނުކުރަން، ރެކްރޫޓްމަންޓަކީ އަބަދުވެސް ފުޓްބޯޅައިގައި ބޮޑު ބައެއް."

"މިކަހަލަ މެޗުތަކުގައި އަހަންނަށް ގިނަ ކަންކަން ފަހަގަ ކުރެވޭ، ގިނަ ކަންކަން ފެނޭ، ގިނަ ކަންކަން އަހަންނަށް ބުނެދޭ."