ހަބަރު

ޓޫރިޒަމް ބްރޭންޑާ ގުޅޭ ސާވޭއެއް ހަދަނީ

ރާއްޖޭގައި ޓޫރިޒަމް ބްރޭންޑްގެ ޓެގްލައިންއާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާގެ މީހުންގެ ހިޔާލު ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ސާވޭއެއް ކުރަން ފަށައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން މިހާރު ބޭނުންކުރާ ޓެގްލައިނަކީ "މޯލްޑިވްސް، ދަ ސަނީ ސައިޑު އޮފް ލައިފް" އެވެ. މިއީ 2003 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ޓެގްލައިނެވެ.

އެމްއެމްޕީއާރްސީން މިއަދު ބުނީ، ޓޫރިޒަމް ދާއިރާގެ މީހުންގެ ހިޔާލު ހޯދަނީ ރާއްޖޭގެ ބުރޭންޑް އިތުރަށް ފުޅާ ކުރުމަށާއި މި ސާވޭގައި ހޯދާ ހޯދުންތައް ކުރިމަގުގައި ރާއްޖެ އިޝްތިހާރު ކުުރަން ބޭނުން ކުރާނެ ކަމަށެވެ.

އަދި ބުނީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ފެށީ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ގެ ގޮތުގައި މަތީ ފަންތީގެ ރިސޯޓުތަކުންނެވެ. ނަމަވެސް، މިހާރު ދާއިރާ ފުޅާވެ ގެސްޓްހައުސްތަކާއި ހޮޓާތައް މާކެޓް ކުރުމަށް އިތުރު ގޮތްތައް ބޭނުންވާ ކަމަށެވެ.