ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކު ނާޅާތީ މާލޭ މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި

މާލެ ސިޓީގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް ބޭރު ތެރޭގައި މާސްކް ނާޅާ މީހުން އުޅޭތީ މާލޭ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް-19 ރާއްޖޭގައި ބާރަށް ފެތުރޭތީ މިހާރު ވަނީ ބޭރަށް ނިކުންނަ އިރު މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. މޭޔާރު ރޭ ކުރެއްވި ޓްވީޓެއްގައި ބުނީ މާސްކް ނާޅާ އުޅޭ ނަމަ މާލެ ސަރަހައްދު އަނެއްކާވެސް ފުލް ލޮކްޑައުނަށް ދާން ޖެހިދާނެ ކަމެކެވެ. އަދި، މޭޔަރު ވަނީ މާލޭގައި ހިންގާ ކެފޭތައް ކައިރީ ޓޭކްއަވޭ ނަގައިގެން ވާހަކަދައްކަން ތިބޭ މީހުންނަށްވެސް އެކަން ހަނދާންކޮށްދީފަ އެވެ.

ޝިފާ ވަނީ ކޮފީ ޝޮޕް ތަކާއި ކަންކަން މަތީ ބޮނޑިބޮނޑި އަށް މަޑުނުކުރުމަށްވެސް އެދިފަ އެވެ. އަދި އެގޮތަށް އެކަން ކުރަމުން އަންނާތީ އެކަން އެހެން ނުކުރުމަށް އެދި މާސްކު އެޅުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.

ޝިފާގެ ޓްވީިޓަށް ރައްދު ދިން މީހަކު ބުނީ ކޮފީ ޝޮޕްތައް ބަންދުކުރަން ޖެހޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގައިިވެސް ލޮކްޑައުން އަށް ލުއިތައް ދިނީ އެއްފަހަރާ ނޫން ކަމަށާއި ރާއްޖޭގައި އޮފީހާއި ޖިމް އަދި ކޮފީ ޝޮޕްތައް އެއްފަހަރާ ހުޅުވުމުން ނުރުހުން ފާޅުކުރި އެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ކޭސްތައް ވަނީ 5،000 އަށް ވުރެ އިތުރުވެފަ އެވެ. ޕޮސިޓިވް ކޭސްތައް އިތުރުވަމުންދާއިރު އާ ފިޔަވަޅުތަކުން ޕީކް ލަސް ކުރެވުނަސް ބަލިޖެހޭ މީހުންގެ އަދަދު ދަށް ނުވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ. އަދި، ކޭސްތައް މަދު ނުވާނަމަ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަންޖެހިދާނެ ކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މާލެސިޓީގައި މާސްކު އެޅުން މަޖުބޫރު ކުރިއަސް ފުރަތަމަ ހަފްތާގައި އެކަނި މާސްކު ނާޅައި ބޭރުގައި އުޅުނު 1356 މީހަކަށް ނަސޭހަތް ދީ 278 މީހަކު ޖޫރިމަނާ ކުރި އެވެ. މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ.
އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ވަނީ ލާޒިމެވެ. އެ އެންގުން ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވެ އެވެ.