ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރ. މީދޫ ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ

Aug 11, 2020

ރ. އަތޮޅު މީދޫ ސިއްހީ މަރުކަޒުގައި ކަރަންޓީނުގައި ހުރި މީހަކު މިއަދު މަރުވެއްޖެ އެވެ.

މަރުވީ މިދިޔަ ހޮނިހިރު ދުވަހު ރަށަށް ދިޔަ އަންހެނެކެވެ. އޭނާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ ކަރަންޓީނުގައި ހުރީ އިންޑިއާގައި ފަރުވާ ހޯދުމަށްފަހު އައިހެވެ.

މަރުވި މީހާ ފުރަތަމަ ކަރަންޓީނުގައި ހުރީ ގޭގަ އެވެ. ފަހުން މަރުކަޒަށް ބަދަލު ކުރީ ހާލު ސީރިއަސްވެގެނެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާއިރު، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓުކުރެ އެވެ.