ވިޔަފާރި

ފިނޭންސް މިނިސްޓްރީގެ އިންޓަގްރިޓީ ހިފަހައްޓައިދޭން އެދިއްޖެ

Aug 11, 2020

ފިނޭންސް މިނިސްޓްރީގެ އިންޓަގްރިޓީ ހިފައްޓަން ހުރިހާ ފަރާތް ތަކުން ވެސް މަސައްކަތް ކުރަން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފި އެވެ.

މަޖިލީހުން ބޭނުންވި ދަރަނީގެ ބައެއް މައުލޫމާތުތައް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހިއްސާކޮށް، ބަހައްޓަމުން ނުދާ ކަމަށް ބުނެ، މަޖިލީހަށް ހާޒިރުކޮށް ކުރިމަތި ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެ މަނިކުފާނާ ދިމާލަށް ކިތަންމެ ވަރަކަށް އެއްޗިހި ކިޔަސް ހެޔޮ ކަމަށާ، ނަމަވެސް ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީ ހިފައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އައިސް ހުރި މީހެއް. އެކަމަކު އަޅުގަނޑު މި ދަންނަވަނީ ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީ ހިފަހައްޓަން އަޅުގަނޑު އެބަ ބޭނުން ވެޔޭ. މިހާރު މިހެންވުމުން ވޯލްޑް ބޭންކް އައިއެމްއެފް ފަދަ ތަންތަނުން ސުވާލު ކުރާނެ،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު، އިޝާރަތް ކުރެއްވީ މަޖިލީހުން ބޭނުންވި ދަރަނީގެ ބައެއް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ސިލޯން ބޭންކް އިން ނެގި ލޯނުގެ މައުލޫމާތާއި ސަނީސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސް އިން ނެގި ލޯނުގެ ހިސާބުތަކާއި، ޕްރޮޖެކްޓް އިސް ރަގާއަށް އަބޫދާބީ ފަންޑް އިން ނެގި ލޯނުގެ ހިސާބު ލިބިފައި ނެތް ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރައީސް މުޤައްރިރު މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒް ވަނީ އެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް މިނިސްޓަރު އަމީރު ވިދާޅުވީ ދިވެހި ދައުލަތުން ދޭ ޑެޓް ސްޓެޓިސްޓިކްސް [ދަރަނީގެ ތަފާސް ހިސާބު] ތަކާ މެދު ސުވާލު ކުރާ ހިސާބުން ދެން ބޭރުން ފައިސާ އެއް ނުލިބޭނެ ކަމަށެވެ.

"އޭރުން ބޭރުން ފަންޑްސް ރެއިޒް ކުރަން ބަލާއިރު ދަތިވާނެ. އެހެންވެ މި ކަންކަމަކީ އެހާ ފަސޭހައިން ސީދާ އެ ވާހަކައަކަށް ނުދައްކައި، އަޅުގަނޑުމެންނަށް ރީޗަށް މި ކަންތައްތައް ކުރެވޭނެއޭ. އަޅުގަނޑު ހަމަ ޔަގީންކަން ދެން މިހާރުގެ ފިނޭންސް މިނިސްޓްރީން، މިހާރު ޝާއިއު ކުރާ ޑެޓް ސްޓެޓިސްޓިކްސްތަކަކީ ފައިނޭންޝަލް ސްޓެޓިސްޓިކް ތަކަކީ އައިއެމްއެފް އާއި ވޯލްޑް ބޭންކް ތަކުން އިންޓަގްރިޓީ ހުރި ސްޓެޓިސްޓިކްސް ކަމަށް އެ މީހުން ގަބޫލު ކުރެއޭ،" އަމީރު ވިދާޅުވި އެވެ.