ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ރަޝިޔާ ކޮވިޑް ވެކްސިން ދޭން ފަށައިފި

Aug 11, 2020

ރަޝިއާއިން ކޮވިޑް ބައްޔަށް އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުން ކުރަން ފަށާފައި ކަމަށް އިއުލާން ކޮށްފި އެވެ. މިކަން އިއުލާންކޮށް ދެއްވީ ރައީސް ލަޑިމިއާ ޕޫޓިން އެވެ.

އެކަން އިއުލާން ކޮށް ދެއްވާ ޕޫޓިން ވިދާޅުވީ ރަސްމީ ކޮވިޑް ވެކްސިން ދޭން ފެށި މީހުންގެ ތެރެއިން އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުން ކަމަށެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށާއި. ކޮރޯނާވައިރަހުން ދިފާއުވުމުގެ ބާރު ވެސް ފުރަތަމަ ރަސްމީ ވެކްސިނުގައިވާ ކަމަށެވެ. އަދި ވެކްސިންގެ ޓެސްޓްތަކުގެ މަރުހަލާވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިއަދު ރަޖިސްޓްރީކޮށް ހުއްދަ ދިން ވެކްސިން ފުރަތަމަ ދޭނީ ފްރޮންޓްލައިންގެ ސިއްހީ މަސައްކަތްތެރިންނާއި ޓީޗަރުންނާއި ހައިރިސްކު މީހުނަށެވެ.

ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ ދިން އިރު މިހާރު ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ގައުމުގެ އާބާދީއަށް ވެކްސިން ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފަށަން ވެސް ތައްޔާރު ވެފަ އެވެ.

މި ވެކްސިން މިއަދު ބޭނުން ކުރަން ފެށި އިރު ދުނިޔޭގެ ނަން މަޝްހޫރު ގިނަ އަދަދެއްގެ ސައިންސްވެރިން ވަނީ މި ވެކްސިންގެ ނަތީޖާ އަނެއް އަތަށް އެނބުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް ރަޝިޔާގެ އެސޯސިއޭޝަން އޮފް ކްލިނިކަލް ޓްރަޔަލްސް އޮގަނައިޒޭޝަން އިން ބުނެފައިވާ ގޮތުގައި ރައީސް ޕުޓިންގެ މި އަމުރާ ގުޅިގެން އެ ގައުމުގެ ސައިންސްވެރިންނަށް ނުކުރެވޭ ވަރުގެ ކަމަކަށް ކުރަންޖެހުނެވެ.

ރަޝިޔާގެ މި ވެކްސިން ފަރުމާކުރި ލެބޯޓްރީގެ ޗީފް އެލެކްސެންޑާ ޖިންޓްސްބާގް ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެ ގޮތް ކިޔައި ދެއްވާފާ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވެކްސިން ޓެސްޓް ކޮށްފައި ވަނީ ވެކްސިން އުފެއްދުމުގައި އުޅުނު ސައިންސްވެރިން އެމީހުންގެ އަމިއްލަ ގަޔަށް ވެކްސިން ޖަހައިގެންނެވެ. އަދި އެވެސް ހިއުމަން ޓްރަޔަލްސް ފެށުމުގެ ކުރިންނެވެ. މިއީ ވަރަށް ގިނަ ބައެއް ފާޑުކިޔުން މި ވެކްސިން އަށް އަމާޒުވި އެއް ސަބަބަކަށް ވެސް ވަނީ ވެފަ އެވެ.