ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ސްޕޮޓްނިކް ވީ" އާންމުންނަށް ދޭން ރަޝިޔާ ތައްޔާރުވެއްޖެ

Sep 9, 2020

ރަޝިއާއިން އުފައްދައި ރަޖިސްޓްރީ ކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން "ސްޕޮޓްނިކް ވީ" ގެ ޑޯޒް އާންމުންނަށް ދޭން ފުރިހަމަަ ކުރަންޖެހޭ ކަން ނިންމާލައި ވެކްސިން ދޭން ފަށަން ތައްޔާރު ވުމާއެކު އެ ހުއްދަ ވެސް ރަޝިޔާގެ ހެލްތު މިނިސްޓްރީން ހޯދައިފި އެވެ.

ރަޝިޔާގެ އިސް އޮފިޝަލުންނާ ހަވާލާ ދީ އައިސްފައިވާ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން އާންމުންނަށް ދޭ ޑޯޒްގެ ފުރަތަމަ ބެޗް މިހާރު އުޅެނީ އެކި ސަރަހައްދުތަކަށް ޑިސްޓްރިބިއުޓް ކުރުމުގެ މަގުމަތީގަ އެވެ.

ރަޝިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ރަޝިޔާގެ ކޮވިޑް ވެކްސިން އާންމުންގެ ގަޔަށް ޖަހަން ތައްޔާރުވެ ނިމުމާއެކު ވެކްސިނުގެ ފުރަތަމަ ބެޗު އެ ގައުމުގެ އެކު ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި ވެކްސިން ދިނުމުގެ ފުރަތަމަ ބުރު ފަށައިގަންނާނީ ހުރިހާ ސަރަހައްދުތަކަށް އެ ވެކްސިން ފޮނުވާ ނިމި ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

އާންމުންނަށް ވެކްސިން ޖަހަން ފަށާއިރު ރަޝިއާގެ ވެކްސިންގެ އެއްބިލިޔަން ޑޯޒަށް ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް އޯޑަރުކޮށްފައިވެ އެވެ. އެހެންވެ ރަޝިއާ އިން މިހާރު ވަނީ ވެކްސިން އެކްސްޕޯޓް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ ކަންކަން ވެސް ފަށައިފަ އެވެ. އެކަމަކު "ސްޕޮޓްނިކް ވީ" ވެކްސިންގެ ކްލިނިކަލް ހުރިހާ ތަޖްރިބާތަކެއް މިހާރު ވަނީ ކާމިޔާބު ކަމާއެކު ނިންމާފަ އެވެ.

ރަޝިޔާގެ އުއްމީދަކީ ޑިސެމްބަރުގެ ކުރިން މީގެ 200 މިލިއަން ޑޯޒް އުފައްދާ އޭގެ ތެރެއިން 30 މިލިއަން ޑޯޒު ރަޝިޔާގެ ރައްޔިތުންނަށް ދިނުމެވެ.

ރަޝިޔާގެ ކޮވިޑް ވެކްސިން، "ސްޕޮޓްނިކް ވީ" އުފައްދާފައި 1920 ގައި ވަނީ ރަޝިއާގައި ގާއިމުވި ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީންނެވެ. އިންނެވެ.