ކޮމަންޑޫ

ކޮމަންޑޫގައި ބަނދަރުގެ ބޮޑު ބައި ނިންމައިފި

Aug 12, 2020

ށ. އަތޮޅު ކޮމަންޑޫގައި ހަދާ ބަނދަރުގެ 73 ޕަސެންޓް މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުންގެ އެމްޓީސީސީން ބުނީ ކޮމަންޑޫ ބަނދަރުގެ އެއްގަމުތޮށީގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެ ތޮށީގެ ކެޕިން ބީމް މަސައްކަތް މިހާރު ހިނގާ ކަމަށެވެ.

ގާތްގަނޑަކަށް 29.41 މިލިއަން ރުފިޔާ ހަރަދުވާ މި މަސައްކަތުގައި ކޮމަންޑޫގައި 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާ އިރު 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާނެ އެވެ.

މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.