ސްރީލަންކާ

ނަމާލްއަށް ޔޫތު މިނިސްޓަރުކަން

Aug 12, 2020

ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާގެ އާންމު އިންތިހާބަށް ފަހު އަލަށް އެކުލަވައިލިި އާ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމަށް، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި ރައީސް ގޮތާބަޔާއަށް ބޮޑު ބޭބެ ވިދާޅުވާ ނަމާލް ރާޖަޕަކްސަ އައްޔަން ކޮށްފި އެވެ.

ނަމަލް 34، އަށް ވަޒީރުކަން ދެއްވި އިރު ސްރީލަންކާގައި ބޭއްވި އާންމު އިންތިހާބުގައި ވެސް ނަމާލްވަނީ ތާރީހީ ކާމިޔާބެއް ހޯއްދަވައިފި އެވެ.

އެ އިންތިހާބުގައި ނަމަލް ވަނީ 166090 ވޯޓް ހޯއްދަވާފަ އެވެ. އެއީ ލަންކާގެ ތާރީހުގައި ވެސް އާންމު އިންތިހާބެއްގައި ކެންޑިޑޭޓަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ ލަންކާގެ ތާރީހުގައި ވެސް ސިޔާސީ ލީޑަރަކަށް ލިބިވަޑައިގެންނެވި އެންމެ ގިނައިން ވޯޓް ލިބުނު ފަހަރު ވެސް މެއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ނަމާލް ތަމްސީލް ކުރައްވަނީ އާއިލާ ނިސްބަތްވާ ހަމްބަންޓޯޓާ އެވެ. ލަންކާގައި މިހާރު އެންމެ މަގުބޫލީ ސިޔާސީ ބޭފުޅަކީ ވެސް ނަމާލްއެވެ. ނަމާލް އަކީ ލަންކާ އާއި ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެކެވެ. އޭނާ ވެ ވަޑައިގަންވަނީ ލަންކާގެ ތާރީހުގައި ޔޫތު މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ވަޒީރަށެވެ.

ރާޖަޕްކްސާ އައި ގޮތަބަޔާގެ ބެބޭފުޅު ޗަމާލް އަށް ވެސް ފުރުސަތު ދީފައިވާ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވަނީ 25 މިނިސްޓަރެކެވެ.