ހަބަރު

މަޑުއްވަރީގައި މަރުތޭލަކުން މީހަކަށް ހަމަލަދީފި

ރ. މަޑުއްވަރީގައި ރޭ ހިންގި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި މާރމާރީ ހިންގި މައްސަލައެއް އިއްޔެ ހަވީރު ހުށަހަޅާފައިވާ ކަމަށެވެ. މި މާރާމާރީގައި 40 އަހަރުގެ މީހަކަށް އަނިޔާޥެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިމާރާމާރީގައި އެމީހާގެ ބޯ ވަރަށް ބޮޑަށް ފަޅިގެން ގޮސްފައިވާ ކަމަށާއި އޭނާ އަށް މަޑުއްވަރީ ސިއްހ މަރުކަޒުން ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މީހާ އަށް ހަމަލާދީފައިވަނީ މަރުތޭލެއް ބޭނުންކޮށްގެންނެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް އެއްވެސް މީހެއް ހައްޔަރުނުކުރާ ކަމަށާއި ނަމަވެސް މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.