ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި، ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Aug 13, 2020

މިރޭ މަރުވި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރޭ އައިޖީއެމް ހޮސްޕިޓަލަށް ގެނެވުނު ދުވަސްވީ މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށާ އޭނާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިރޭ ހަތެއް ޖެހިއިރު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 83 އަހަރުގެ ފިރިހެނެއް ވަނީ ނިޔާވެފައި، އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައި. އުސޫލެއްގެ މަތިން މިގޮތަށް ގެނެވޭ ކޮންމެ މީހެއްވެސް ޓެސްޓް ކުރެވޭ. މިގޮތަށް ކުރެވުނު ޓެސްޓުން އޭނާ ވަނީ ޕޮޒިޓިވްވެވެފައި،"

ނަޒްލާ ވިދާޅުވީ އެމީހާ މަރުވީ ކޮވިޑްގެ ބަލީގައިތޯ ޔަގީން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނަންބަރުގެ ތެރޭގައި ގުނޭނެތޯ އަޅުގަނޑުމެންގެ ޓީމުން ދަނީ ބަލަމުން،"