ހަބަރު

ޔޫންގެ އޮަޕަރޭޝަން ކާމިޔާބު

ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ތުއްތު ދަރިފުޅު، ޔޫންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެފި އެވެ.

ޔޫންގެ އޮޕަރޭޝަން ކޮށްފައިވަނީ މިއަދު ހެނދުނުއެވެ. ޔޫންގެ ބައްޕަ މުހައްމަދު ޔުނާން ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި ޔޫންގެ ހާލު ރަނގަޅު ކަމަށެވެ.

ޔުނާން ވަނީ ޔޫންގެ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

ޔޫން ގޮވައިގެން ދެމަފިރިން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުރީ އޮޕަރޭޝަނަށް ބޭނުންވާނެ ހުރިހާ ހަރަދެއް ރާއްޖޭގެ ޒުވާން ވިޔަފާރިވެރިއަކު ދެއްވުމާއި ގުޅިގެންނެވެ.

ޔޫންއަކީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ "ވަން އަމްބިލިކަލް އާޓްރީ ބޭބީ" އެކެވެ. އޭގެ ސަބަބުން ބަނޑުގައި ކުއްޖާ އޮންނައިރު އޮކްސިޖަން އާއި ލޭ ފޯރު ކޮށްދިނުމަށް ހުރަސް އަޅައެވެ. އަދި އެނޫން ވެސް ކުއްޖާ ހެދި ބޮޑުވުމަށް އެތައް ގޮތަކުން ހުރަސް އަޅައެވެ. އެހެންވެ ކުއްޖާ އުފަންވަނީ ސިއްހީ އެތައް މައްސަލަތަކަކާއެކުގަ އެވެ. މީގެ ކުރިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ވެސް ވަނީ ޔޫންގެ ބޮޑު އޮަޕަރޭޝަނެއް ކޮށްފަ އެވެ.