ސީއެމްޑީއޭ

ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދެއް

Aug 15, 2020
ސީއެމްޑީއޭއިން ބޭއްވި ތަމްރީން ޕްރޮގްރާމެއްގެ ބައިވެރިން -- ފޮޓޯ: އެމްސީޑީޖީއައި
0%
0%
0%

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްލާހުތަކާއެކު ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު ނެރެފި އެވެ.

ސީއެމްޑީއޭ އިން ބުނި ގޮތުގައި ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދުން ކެޕިޓަލް މާކެޓާބެހޭ މިނިވަން ޝަރީއާ އެޑްވައިޒަރީ ކައުންސިލެއް އުފައްދައި އެ ކައުންސިލް މެދުވެރިކޮށް، ކެޕިޓަލް މާކެޓާބެހޭ ކަންކަމުގައި އޮތޯރިޓީއަށް ބޭނުންވާ ޝަރީއާގެ ލަފާ ހޯދޭނެ އެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓެއް ރާއްޖޭގައި ތަރައްގީ ކުރަން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދޭނެ އެވެ.

އެ ކައުންސިލްގެ މަސްހޫލިއްޔަތުތަކުގެ ތެރޭ އެތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރީއާ ލަފަޔާއި ރޫލިން ފޯރުވައިދިނުމާއި އޮތޯރިޓީން ރެގިއުލޭޓް ކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީއާ ލަފަޔާއި ރޫލިން ފޯރުވައި ދިނުން ހިމެނެ އެވެ.

ސީއެމްއޭގައި ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލް (ސީއެމްއެސްއޭސީ) ގެ ގަވާއިދު ނެރުނުއިރު، މިހާރު ކައުންސިލްގެ މުއްދަތު ވަނީ ހަމަވެފަ އެވެ. މިހާރު އެ ކައުންސިލްގައި ތިއްބަވަނީ ޑރ. އައިޝަތު މުނީޒާ އާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާން އަދި ޝައިހު ނިމާލް މުހައްމަދު އަދި މަރިޔަމް ޝަބާނާގެ އިތުރުން ޝައިހު އިއްޒައްދީން އަދްނާނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345