ހަބަރު

ދުވަސްވީ ފެންމީޓަރުތައް ބަދަލު ކުރަން ފަށައިފި

އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ދޭ ގޭގޭގައި ހަރު ކޮށްފައި ހުރި މީޓަރުތަކުގެ ތެރެއިން ގިނަ ދުވަސްވެފައި ހުރި މީޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ އެއީ ފެން މީޓަރުތައް އެއް ޔުނިފޯމިޓީ އަކަށް ބަދަލުކޮށް ކުންފުނީގެ އާ ސްޓޭންޑަޑަށް ގެނައުމުގެ މަސައްކަތެއް ކަމަށެވެ. ފެން މީޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

މި ޕްރޮގްރާމުގެ ދަށުން އަހަރެއްގެ ތެރޭ 15،000 މީޓަރު ބަދަލު ކުރާނެ އެވެ.

މިދިޔަ އަހަރު ކުރީކޮޅު ފެން ކުންފުނިން ވަނީ ގޭގޭގައި ފެނުގެ ހިދުމަތް ދޭން ހަރުކޮށްފައި ހުންނަ ދުވަސްވީ މީޓަރުތައް ބަދަލު ކުރުމަށް ޕްރޮގްރާމެއް ހިންގާނެ ކަމަށް ބުނެފަ އެވެ. ބާވެފައި ހުންނަ މީޓަރުތައް މީގެ ކުރިން ބަދަލު ކޮށްދެނީ ކަސްޓަމަރު އެދިގެނެވެ.