ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެހީގެ މައުލޫމާތު ހާމަކުރާ މައްސަލަ ބޭރުކޮށްލައިފި

Aug 17, 2020
1

ރާއްޖެއަށް ލިބިފައިވާ އެހީއާއި ލޯނުތަކުގެ ތަފްސީލު ސަރުކާރުން ހާމަކުރުމަށް ގަވާލައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ބޭރުން އެހީ އާއި ލޯނުގެ ނަމުގައި ސަރުކާރަށް އެތަކެއް ބިލިއަން ރުފިޔާއެއް ލިބިފައިވީ ނަމަވެސް، އެކަމުގެ އެއްވެސް މަންފާއެއް ރައްޔިތުންނަށް ކުރަމުން ނުދާ ކަމަށެވެ.

އެހެން ކަމުން، އެ މައްސަލާގައި ގޮވާލާފައިވަނީ، ސަރުކާރަށް ލިބިފައިވާ ހުރިހާ ލޯނުތަކާއި އެހީތަކުގެ މައުލޫމާތާއި، އެ ފައިސާގެ ބޭނުން ކުރެވެމުންދާ ގޮތުގެ ހުރިހާ ތަފްސީލެއް ވީހާ ވެސް އަވަހަކަށް ހާމަ ކުރުމަށެވެ.

ނަމަވެސް، މިއަދު އެ މައްސަލަ ވޯޓަށް އެހި އިރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެންބަރުންގެ ތެރެއިން، 13 މެންބަރަކު ވޯޓު ދެއްވާފައިވަނީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އެހެން ކަމުން އެ މައްސަލަ ފާސް ނުވި ކަމަށް ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.