ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޑީއެފްސީގެ ލޯނު 1،046 ވިޔަފާރިއަކަށް

Aug 18, 2020

އެސްއެމްއީ ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮވިޑް-19 އާ ގުޅިގެން 1،0،46 ވިޔަފާރިއަށް ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެސްޑީއެފްސީ މެދުވެރިކޮށް 1،0،46 ވިޔަފާރިއަކާއި 433 އަމިއްލަ ފަރުދުންނަށް ލޯނު ދީފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 209،9 މިލިއަން ރުފިޔާއަށް އަރާފައިރު، އަމިއްލަ ފަރުދުންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މީގެ އިތުރުން ބުނީ އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް 5،440 ފަރާތަކަށް 43.6 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ.

އިންކަމް ސްޕޯޓް އެލަވަންސްއަކީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ މީހުންނާއި ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިނާޔަތެކެވެ. ސަރުކާރުން ވަނީ މި އިނާޔަތް ގިނަ ބަޔަކަށް ދެވޭނެ ގޮތަށް ބަދަލު ގެނެސްފަ އެވެ.

އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. އާ ހަމަ އަށް ލޯނު ނެގޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ލިބެނީ ގިނަ ވެގެން ތިން އަހަރު ދުވަހެވެ.