ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަޖިލީހުގެ ދެ މެންބަރަކާއި އަމީންއާއްމު އައިސޮލޭޝަނުގައި

Aug 18, 2020

ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެގެން ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ އިތުރުން އެ މަޖިލީހުގެ އިދާރާގެ އަމީންއާއްމު ފާތުމަތު ނިއުޝާ އެކަހެރި ކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީންއާއްމާއި ދެ މެމްބަރަކު ތިއްބެވީ އައިސޮލޭޝަންގައި ކަމަަށެވެ.

އައިސޮލޭޝަންގައި ތިއްބެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ. ދެން މަޖިލީހުގެ އަމީންއާންމެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ބައެއް މުވައްޒަފުންނާއި މެމްބަރުން މީގެ ކުރިން ކަރަންޓީން ވެސް ކޮށްފަ އެވެ.