ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީއާއެކު ވިލުފުށީގައިި އައުޓްޑޯ ޖިމެއް

ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ވިލުފުށީގެ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ހަދައިފި އެވެ.

ޖިމް ތަރައްގީ ކޮށްފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލުން ހަދާ ޕާކުގެ ބަޔެއްގެ ގޮތު ކުޑަކުދިން ކުޅޭ އޭރިޔާ އާއި ސްކޭޓް އޭރިޔާ އާއި މަސްފެންގަނޑު ކައިރީގަ އެވެ.

މި ޕްރޮޖެކްޓުގައި މަސައްކަތް ކުރި ވިލުފުށީ ވަސަނަ ޖަމިއްޔާގެ ފަރާތުން ބުނީ ވިލުފުއްޓަކީ ސުނާމީއާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް އެ ރަށުގެ ގޯތިތެރޭގައި ހުސްޖާގަ ނޯންނާތީ ކަސްރަތު ކުރުން ފަދަ ކަންކަން ނުކުރެވޭ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ ގޭތެރެއިން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ ހިތްފަސޭހަ ސަރަހައްދެއް ގާއިމް ކުރުން ކަމަށެވެ.

ބީއެމްއެލް އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަ" ށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.