ހަބަރު

ވިޔަފާރީގެ ވާދަވެރިކަން ހިފަހައްޓާ ބިލު ފާސްކޮށްފި

Aug 18, 2020
1
ބާޒާރު މަތީގައި ހުރި ފިހާރައެއްގެ ދޮށުގައި މުދާ ބަހައްޓާފައި. -- އަވަސް ފައިލް ފޮޓޯ
0%
0%
0%

ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ.

އެ ބިލު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ ބިލު ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް އެކުލަވާލާފައި ވަނީ، ރާއްޖޭގައި ގާއިމުވެގެން ހިންގާ ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ.

މިބިލުގައި، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ބޭރުމީހުންގެ ވިޔަފާރި ކުރިއަރުން ކުރާކަމެއްތީ ދިވެހިންނަކަށް މާބޮޑު ފައިދާއެއް ނުކުރާނެ !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345