ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

Aug 18, 2020

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހުށަހެޅި އެ މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ކުރީ މާލެ އަތޮޅާއި އއ. އާއި އދ. އާއި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކުން ކަމަށެވެ. އަދި ކުޑަ ކުއްޖަކާ ބެހުމުގެ ތުހުމަށް 59 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މީހާގެ ބަންދަށް މިހާރު ކޯޓުން 15 ދުވަސް ދީފައި ވެއެވެ.