ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިމަރަފުށްޓާއި ހިންނަވަރުން ބަޔަކު ޕޮޒިޓިވް ވެއްޖެ

ޅ. ހިންނަވަރާއި ތ. ތިމަރަފުށިން ތިން މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީ އިން ބުނީ ހިންނަވަރުން 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ ކުޑަ އަންހެންކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ތިމަރަފުށިން 38 އަހަރުގެ ބިދޭސީއަކުވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި ތިން މީހުންވެސް ޕޮޒިތިވް ވެފައިވަނީ ފުރަބަންދު ކަރަންޓީނު ނިންމާ ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް މި ރަށްތަކުން ބައެއް މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

ލޮކްޑައުން އަށް ލުއިތައް ދިނުމާ ގުޅިގެން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ހޯމް ކަރަންޓީނުވާން ރަށްރަށަށް ދަތުރު ކުރަމުންނެވެ.

މާލެ ސިޓީގެ އިތުރުން އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ ކުރިއަށްވުރެ އިތުރުވަމުންނެވެ. މިހާތަނަށް ކޮވިޑް ބަލި ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި ހިތަދޫ އާއި ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ޅ. އާއި ހއ. އާއި ތ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ފެނިފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް މި ބަލި އަލުން ވަނީ ފެނިފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުނަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާއިރު 24 މީހަކު އެ ބަލީގައި މަރުވެފައި ވެއެވެ.