ފެނަކަ ކޯޕްރޭޝަން

10 ރަށެއްގެ އިންޖީނުގެއަށް ތެޔޮ އަޅާނެ ބަޔަކު ހޯދަނީ

Aug 21, 2020
1

އަތޮޅުތަކުގެ 10 ރަށެއްގައި ރަށު ބަނދަރުން އެ ރަށް ރަށުގެ ފެނަކަ އިންޖީނުގޭގެ ތެޔޮ ތާންގިތަކަށް ތެޔޮ އަޅައި ދޭނެ ބަޔަކު ހޯދަން ސަރުކާރު ތެޔޮ ކުންފުނިން އިއުލާނު ކޮށްފި އެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނީ އެ 10 ރަށުގެ ބަނދަރާއި ޖެޓީން އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ރަށްރުގައި ހުރި ފެނަކަށް އިންޖީނުގެތަކަށް ޑީސަލް ޑެލިވަރީ ކޮށްދޭނެ ފަރާތްތައް ބޭނުންވާ ކަމަށެވެ،

ތެޔޮ ކުންފުނީގެ އިއުލާނުގައިވާ އެ ރަށްތަކަކީ ހއ. މާރަންދޫ އާއި ތ. ވިލުފުއްޓާއި އެ އަތޮޅު މަޑިފުއްޓާއި ތިމަރަފުއްޓާއި ށ. ކަނޑިތީމާއި އެ އަތޮޅު މިލަންދޫ އާއި ނ. މާފަރާއި ލ. ފޮނަދޫ އާއި ފ. ބިލެއްދޫ އާއި ލ. އަތޮޅު ގަމުގެ މަތިމަރަދޫ އަވަށާއި މުކުރިމަގާއި ތުނޑީ އަވަށުގެ އިންޖީނުގެތަކެވެ.

އެފްއެސްއެމްުން ބުނީ ތެޔޮ އަޅައިދޭން ޝައުގުވެެރިވާ ޕާޓީތަކަށް ބީލަން ހުޅުވާލާފައިވާ ކަމަށާއި އަންނަ އަންގާރަ ދުވަހު ރަޖިސްޓްރީވުމަށް ފަހު
ބީލަން ހުށަހެޅުން އޮންނަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުހު ކަމަށެވެ. ކޮވިޑްގެ ބަލާއާފާތާއެކު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މި ބީލަމުހައި ބިޑް ހުށަހެޅުން އޮންނާނީ އީމެއިލް މެދުވެެރިކޮށެވެ.