އެކްސިޑެންޓް

ބުރިޖުގައި އެކްސިޑެންޓެއް ހިނގާ ފަސް މީހަކަށް އަނިޔާ

Aug 24, 2020

ބުރިޖުގައި އެކްސިޑެންޓެއް ހިނގާ ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 7:50 ގައި ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުގެ ސައިކަލް ލައިންގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އޭގެ ފަހަތުން އައި ތިން ސައިކަލެއްވެސް އެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެފައިވެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފަސް މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ތިން ސައިކަލަށްވެސް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި އެއް ސައިކަލްގައި އިން މީހަކު އެކްސިޑެންޓްވުމާއެކު މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

ބުރިޖާއި، ހައިވޭގައި މަޑު ކުރުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.