ހަބަރު

މައުމޫނުގެ ސުވާލު: 2008 ގެ ވޯޓު އޮޅުވާ ނުލެވުނީ ކީއްވެ؟

ދެހާސް އަށެއްގެ ރިޔާސީ އިންތިހާބު ފިޔަވައި 30 އަހަރުގެ ވެރިކަމުގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލި ކަމަށް ބުނާއިރު އިރު 2008 ވަނަ އަހަރުގެ އިންތިހާބު އޮޅުވާ ނުލެވުނީ ކީއްވެތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އަމާޒުކޮށް ނަޝީދު ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވާ، މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވެސް އޮޅުވާލައި މަކަރު ހަދާފައި ކަމަށް ވިދާޅުވުމުންނެވެ. އަދި 2007 ވަަ އަހަރުގެ ނިޒާމު ވޯޓްވެސް އޮޅުވާލާފައިވާ ކަމަށާއި އޮޅުވާ ނުލެވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށް ނަޝީދު ވަނީ ވިދާޅުވުމުންނެވެ.

ނަޝީދު އެހެން ވިދާޅުވެ ތުހުމަތުތަކެއް ކުރެއްވީ ރާއްޖޭގެ ސިޔާސީ އިޖްތިމާއީ އިގްތީސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣުލަބިއްތަކުން އެކަން ނިންމަވާފައި ކަމަށް ރައީސް މައުމޫން ވިދާޅުވުމާ ގުޅިގެނެވެ.

އޭގެ ފަހުން އެ ކަމަށް ރައްދެއް ދެއްވަމުން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އައި ހުރި އިންތިހާބެއްގެ ވޯޓު އޮޅުވާލެއްވި އިރު 2008 ވަނަ އަހަރުގެ އިންތިހާބު އޮޅުވާ ނުލެއްވުނީ ކީއްވެތޯ ވެސް އެ މަނިކުފާނު ވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް މައުމޫން ވަނީ ބުއްދި ގަބޫލު ކުރައްވާ ފަދަ ޖަވާބެއް ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.