ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސް މައުމޫން، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް މައުމޫންވެސް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ. އެނގިފައިވާ ގޮތުގައި މިއަދު އެމަނިކުފާނު ވަނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ. އަދި ކޮވިޑަށް ޓެސްޓް ކުރައްވާފައެވެ.

މިރޭ ނަތީޖާ ލިބުނުއިރު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ރައީސް މައުމޫން މިރޭ ޓްވީޓެއް ކުރައްވާ އެކަން ޔަގީންކޮށްދެއްވާފައެވެ. އެ ޓްވީޓް ފައްޓަވާފައިވަނީ ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުން ބަޔަކާއެކުގައެވެ. އެ އާޔަތުގެ މާނާގައިވަނީ މިފަދައިންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވަވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނެއެވެ."

ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެވެ.

ރައީސް މައުމޫންގެ އުމުރުފުޅަކީ 83 އަހަރުފުޅެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް 7،000 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ.