ދުނިޔެ

ކާބުލްގެ ފިލްމީ ތަރިއެއްގެ ގަޔަށް ބަޑިޖަހައިފި

އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބަޑީގެ ހަމަލައެއްގައި އެ ގައުމުގައި އެ ބޮޑު މަޝްހޫރު ކަމެއް އޮންނަ ފިލްމް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ސަަބާ ސަހަަރު ޒަހަމް ކޮށްލައިފި އެވެ. ބަޑީގެ ހަމަލާ އަމާޒު ވުމުން އުމުރުން 44 އަހަރުގެ ސަބާ ސަހަރު ވަގުތުން އިމަޖެންސީ ހޮސްޕިޓަލް އަށް ގެެންދިޔަ އެވެ. އަދި ފަހުން ފުލުހުންގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ކާމިޔާބު އޮޕެރެޝަންއެއް ވެސް ކުރިއެވެ. އޭނައައް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ކަށަވަރު ނުވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވެއްޖެ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އޭނަގެ ފިރިމީހާ، އިމާލް ޒަކީބުނާ ގޮތުގައި އޭނަގެ އަންހެނުންނަށް ހަމަލާދިނީ ވަޒީފާއަށް ދިޔަ މަގުމަތީގަ އެވެ. މި ހަމަލައިގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައެއް ނުވެއެވެ.

އިމާލް ޒަކީ ބީބީސީ އާއި ވާހަކަ ދައްކަމުން ބުނީ އޭނަގެ އަންހެނުންގެ ގަޔަށް ބަޑިޖެހީ ގެއިން ނުކުތްތާ ފަސް މިނިޓް ފަހުން ކާރުގައި އިންދާ ކަމަށެވެ. އޭނާ ބުނިގޮތުގައި އޭނަގެ އަންހެނުން ގެއިން ނުކުތްތާ ކުޑައިރުކޮޅެއްގެތެރޭ ބަޑީގެ އަޑުއިވުމާއެކު ފޯނުން ގުޅި އެވެ. އަދި ބަނޑަށް ވަޒަނެއް އެރިކަމަށް އަންހެނުން ބުންޏެވެ.

ބަޑިޖެހި ވަގުތު އެ ކާރުގައި ތިބީ ފަސް މީހުނެވެ. އެއީ އޭނަގެ އަންހެނުންގެ އިތުރައް ޑްރައިވަރާއި ދެ ބޮޑީގާޑުންނާއި ކުޑަކުއްޖެކެވެ. އަންހެނުންނަަށް ހަމަލަދިން ތަނަށް ދިޔައިރު ފެނުނީ އޭނަގެ އަންހެނުންނާއި ދެ ބޮޑީގާޑުން ވެސް ޒަހަމްވެފައިވަނިކޮށެވެ. މި ހަމަލައިގައި ޑްރައިވަރާއި ކުޑަކުއްޖާއަށް އެއްވެސް ގެއްލުމެއް ނުވެއެވެ.

ސަބާ ސަހަރު އަކީ ފުލުހުންގެ ތަމްރީނު ވެސް ލިބިފައިވާ އަންހެނެކެވެ، އަދި އޭނާ މަސްކަތް ކުރަމުން ދިޔައީ އިންޓީރިއާ މިނިސްޓްރީގަ އެވެ އޭނަގެ ފިލްމުތަކާއި ޓީވީ ޕްރޮގްރާމްތަކުގައި ބޮޑަށް އަލިއަޅުވާލައިފައި ވަނީ ހިޔާނާތާއި އިންސާފުގެ މައްޗަށެވެ.

އެމްނެސްޓީ އިންޓަނެޝަނަލް އިން ބުނެފައި ވަނީ އަފްޣާގާނިސްތާންގައި ވަރަށް ކަންބޮޑުވާ ދަރަޖައަކަށް ފިލްމީތަރިންނާއި ސީޔާސި އެކްޓިވިސްޓުން އަދި އިންސާނީ ހައްގުތަކަށް މަސްކަތްކުރާ މީހުންނަށް ހަމަލަދެމުން ދާ ކަމަށެވެ.