ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގެ ތެރޭގައި ކާޑު ހިލޭ ކުރާ މައްސަލަ ބަލައިނުގަތް

Aug 26, 2020

ކޮވިޑް-19 އިގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ، މި ބަލިމަޑުކަމުން އަރައިގަނެވެންދެން ކާޑުގެ ބާވަތްތައް ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެއްޅުވި މައްސަލާގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލިއްޔަތަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުން ބަޑުފުރާނަ މުއްތި ކުރުމަށް ދަތިވަމުންދާ ކަމަށެވެ.

އެހެން ކަމުން، މި ބަލިމަޑުކަމުން އަރައިގަނެވެންދެން، ދައުލަތުން އިނާޔަތެއްލިބޭ ފަރާތްތައް ފިޔަވައި އެހެން ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށް ދިނުމަށް އެ މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، އެ މައްސަލަ ބަލައިގަނެ، ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 24 މެންބަރަކު ވޯޓު ދެއްވައިފަވަނީ މައްސަލައާ މެދު ބަހުސްކުރަން ނުފެންނަ ކަމަށެވެ. ބަހުސްކުރަން ފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.

7 24 2