އައިވަރީ ކޯސްޓްގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ކަމަށް ކުރިމަތިލި، އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާގެ ކެނޑިޑޭސީ ބާތިލު ކުރަން ފެޑްރޭޝަންގެ އިންތިހާބާ ބެހޭ ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ޗެލްސީގެ ކުރިގެ ފޯވަޑްގެ ކެނޑިޑޭސީ ފޯމު ބާތިލު ކޮށްފައިވާކަން އޭނާ އަށް ވަނީ އަންގާފަ އެވެ. ސަބަބެއް ކަމުގައި ވަނީ ޝަރުތު ހަމަވާ ކުލަބުތަކުގެ ތެރެއިން ހަ ކުލަބެއްގެ ރުހުން އޮތް ކަމުގެ ލިޔުމުގެ ތެރެއިން ޑްރޮގްބާ ހުށަހަލާފައިވަނީ ޝަރުތު ހަމަވާ ދެ ކުލަބުގެ ލިޔުން ކަމަށެވެ. އިންތިހާބީ ކޮމިޝަންގެ ނިންމުން އިސްތިއުނާފް ކުރުމަށް ޑްރޮބާ އަށް ފަސް ދުވަސް ލިބޭނެ އެވެ.
އިންތިހާބުގައި ރައީސް ކަމަށް މިހާރުގެ ސީނިއާ ނައިބު ރައީސް ސޮރީ ޑިއަބޭޓް ވާދަ ކުރެ އެވެ. އައިވަރީ ކޯސްޓްގެ ކުލަބެއް ކަމަށްވާ އެފްސީ ސްޕޯޓް އަދި އަދި ރެފްރީން ތަމްސީލު ކުރީ އޭމްއޭއެފް އިން އޭނާ އަށް ތާއީދު ކޮށްފަ އެވެ. އޭންއޭއެފްގެ އެހެން އޮފިޝަލަކުވެސް ވަނީ ޑްރޮގްބާގެ ކެނޑިޑޭސީ ފޯމުގައި ސޮއި ކޮށްފަ އެވެ. އިންތިހާބާ ބެހޭ ކޮމިޝަނުން ބުނީ އެއް އެސޯސިއޭޝަނަކަށް ދެ ކެނޑިޑޭޓަކަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
އިންތިހާބަށް ޑްރޮގްބާ ކުރިމަތިލާން ތައްޔާރު ވަމުން ދިޔައިރުވެސް އޭނާ އަށް ދަތިތަކާ ކުރިމަތި ވި އެވެ. އޭނާ އިންތިހާބަށް ކުރިމަތި ލުމުގައި އެ ގައުމުގެ ފުޓްބޯލާސް ޔޫނިއަންއިން ތާއީދު ނުކުރުމުން ގުލޯބަލް ފުޓްބޯލާސް ޔޫނިއަން އިން އައިވަރީކޯސްޓްގެ ފުޓްބޯލާސް ޔޫނިއަންއަން ސަސްޕެންޑް ކުރި އެވެ.