ދިވެހި ޕްރެމިއާ ލީގް

ލީގްގެ ކުޅުންތެރިންގެ ވެކްސިން ޕްރޮގްރާމް ފަށަނީ

ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބުގެ ކުޅުންތެރިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފަށަން ހަމަޖައްސައިފި އެވެ.

ލީގްގައި ކުޅޭ، ބިދޭސީ ކުޅުންތެރިންނަށް ވެސް ވެކްސިން ދޭނެ އެެވެ.

"މިއީ ލީގްގެ ކުޅުން އަލުން ފެށުމުގެ ކުރިން ފުރަިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް. އޭގެ ތެރެއިން ފުރަތަމަ ކަމަކަށް މިއަދު މި ފެށިގެންދަނީ ކުޅުުންތެރިންގެ ވެކްސިން ޕްރޮގްރާމް." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަވަސްއަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ވޭރިއަންޓް ނުރައްކާ ރާއްޖޭގައި ބޮޑުވުމުން އެޗްޕީއޭއިން މި މަހު އެންގީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން އޮކްޓޯބަރު މަހު ޕްރެކްޓިސް ފެށިނަމަވެސް، އެޗްޕީއޭގެ އާ އެންގުމާއެކު ކުލަބުތަކުން ޕްރެކްޓިސް ހުއްޓާލަން މި މަހު ޖެހުނެވެ. ލީގް ހުއްޓާލުމުން ކުޅުންތެރިންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެން ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމަށް އެދި ކުލަބުތަކުންނާއި ކުޅުުންތެރިން އަދި ކޯޗުން ނުކުމެ ލީގް އަލުން ފެށުމުގެ ހުއްދަ ދިނެވެ.

ކުލަބުތަކުގެ އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ކަމަކީ އިގްތިސޯދީ އެހެން ދާއިރާތަކުގެ މަސައްކަތް ކުރިއަށް ދާއިރު، ފުޓްބޯޅައިން އާންމުދަނީ ހޯދައިގެން ދިރިއުޅެމުންދާ ކުޅުންތެރިންނަށް އެކަމުގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ. ކުޅުންތެރިންނަށް މުސާރަ ދެނީ އެ ކުޅުންތެރިން ކުލަބުގެ ޕްރެކްޓިހަށް ނުކުމެ ކުރާ މަސައްކަތަށެވެ. ކުލަބު ތަކުން ބުނީ، ވެކްސިން ޖަހައިގެންވެސް ލީގް އަލުން ފަށަން ކުލަބުތަކުން ތިބީ ތައްޔާރަށް ކަމަށެވެ. ކުލަބުތަކާއި ކުޅުންތެރިން އަދި ކޯޗުންގެ އާދޭސްތަކަށް އެޗްޕީއޭއިން އެކަށީގެންވާ އިޖާބައެއް ނުދިނުމުން ކުލަބުތަކުން އިއްޔަ ވަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދިފަ އެވެ.