ހަބަރު

އުރީދޫ ވާޗުއަލް ދުވުން ކުރިއަށް

އުރީދޫ މޯލްޑިވްސް އިން އަތޮޅު ދުވުމުގެ ނަމުގައި ބާއްވާ ވާޗުއަލް ރަން ކުރިއަށް އެބަދެ އެވެ.

ހުކުރު ދުވަހު ފެށިން އުރީދޫ މޯލްޑިވްސް އިން "އަތޮޅު ދުވުން" ފަށާފައިވާއިރު 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުން ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ ވާޗުއަލް ރަން އެވެ.

މި ދުވުން މިރޭ 12:00 އާ ހަމަ އަށް ކުރިއަށް ދާނެ އެވެ. މި ދުވުމުގެ ފަސް ކިލޯ މީޓަރުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބައިވެރި ވެވޭނެ އެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ގޭގައި ހުރެގެން ވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައި ވެސް ދުވެވިދާނެ އެވެ.

އުރީދޫން ވަނީ ފަސް ކިލޯ މީީޓަރުގެ ދުވުމުގެ ބައިވެރިން، ސްޓްރާވާ އާއި ގާމިން ކަނެކްޓް އަދި ރަންޓާސްޓިކް އާއި ނައިކީ ރަން ކްލަބް އަދި ރަންކީޕާސް ބޭނުން ކުރަން އެދިފަ އެވެ. އަދި މި ދުވުން ފުރިހަމަ ކުރެއްވުމަށް ފަހު ދުވުން ފުރިހަމަ ކުރި ރޫޓް ފެންނަ ގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ފޮނުވުމުން ވަޗުއަލް މެޑަލް ދޭނެ އެވެ.

އުރީދޫގެ މި ދުވުމުގައި އެ ކުންފުނި ރާއްޖޭގައި ފުރިހަމަ ކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯ މީޓަރު ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެ އެވެ. މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާޗުއަލް ރިލޭއެކެ އެވެ.

ދުވުމުން ހާއްސަ އިނާމު ތަކެއް

ދުވުމުގެ ތެރެއިން ނަގާ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާގައި ޝެއާ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް އެއްވަނަ އިނާމުގެ ގޮތުގައި އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެ އެވެ. މި އިނާމު ލިބޭނީ އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް #OoredooAtholhuDhuvun #MavesDhuvan ހޭޝްޓެގް ބޭނުން ކުރުމުންނެވެ.

ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީން ޝޮޓް އަޕްލޯޑް ކުރުމުން ތެރެއިން ނަސީބުވެރި 100 ފަރާ ތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދޭނެ އެވެ. މީގެ އިތުރުން، ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރި ފަސް ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1،000 ރުފިޔާ ގެ ވައުޗާއެއް އަދި ނަސީބުވެރި ތިން ފަރާތަކަށް މެޑް މެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް ވެސް ލިބޭނެ އެވެ.