ބާސެލޯނާ

މެސީއަށް އެހީވުމުން ލޯފާމްގެ އެއްބަސްވުން އުވާލައިފި

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ކުލަބު ދޫކޮށްލުމުގެ މަރުހަލާގެ ގާނޫނީ ލަފާ ދިންކަން ސާބިތު ވުމުން ބާސާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދޭ ލޯ ފާމްގެ އެއްބަސްވުން ބާތިލު ކުރަން އެ ކުލަބުން ނިންމައިފި އެވެ.

ކުލަބު ދޫކޮށްލަން ބޭނުން ވާކަން މެސީ ވަނީ ބާސާއަށް މިދިޔަ އަންގާރަ ދުވަހު އަންގާފަ އެވެ. ކުލަބު ދޫކޮށްލުމުގެ ކަންކަން ގާނޫނީ މަރުހާލަގެ ތެރެއިން ކުރިއަށް ދާނެ ގޮތުގެ ލަފާ މެސީއަށް ދީފައި ވަނީ ބާސާއަށް ވެސް ގާނޫނީ ލާފަ ފޯރުކޮށްދޭ "ކްއާޓަރެކާސަސް" ލޯ ފާމުންނެވެ.

ބާސެލޯނާ ސިޓީއަށް ނިސްބަތްވާ ނޫހެއް ކަމަށްވާ ގުލޯބަލް ކްރޮނިކާއިން ބުނީ ކުލަބު ދޫކޮށްލުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ގާނޫނީ ލަފާ ދިނުމުގައި ކްއާޓަރެކާސަސްގެ ދައުރު އޮތް ކަން ބާސާއަށް މިހާރު އެނގިފައިވާ ކަމަށެވެ.

މެސީގެ ގާނޫނީ ޓީމުން ގަބޫލު ކުރާ ގޮތުގައި، ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ދޫކޮށްލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. އެހެން ނަމަވެސް ބާސެލޯނާގެ ބަހުސަކީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޓީމު ދޫކޮށްލުމުގެ އިހްތިޔާރު ލިބޭ މާއްދާއަށް އަމަލު ކުރެވޭނީ ޖޫން 10 ގެ ކުރިން ކަމަށެވެ. އެހެންވެ މިވަގަުތު އެ ފުރުސަތު ނެތް ކަމަށް ބާސާއިން ގަބޫލު ކުރެ އެވެ.

މެސީގެ ލޯޔަރުން ގަބޫލު ކުރަނީ، ކޮރޯނަ ވައިރަސްގެ ސަބަބުން ސީޒަން ދިގު ދެމިގެން ދިއުމުން އެ ފުރުސަތު އެބައޮތް ކަމަށެވެ.