މަރާމާތު ކުރަން ޖެހިފައިވާތީ ހުޅުމާލޭގައި ހުންނަ ހެދިކާ ވިއްްކާ ޓެންޓުތައް ނަގަން ނިންމައިފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުން ތައްޔާރުކުރާ ހެދިކާ ވިއްކޭ ގޮތަށް އެކި ސަރަހައްދުތަކުގައި 30 ޓެންޓު ވަނީ އެޗްޑީސީން ޖަހާފައި ވެއެވެ. ލޮކްޑައުންއަށް ލުއިތައްދީ ކެފޭ ރެސްޓޯރަންޓުތައް އަލުން ހުޅުވަން ހުއްދަ ދިނުމާއެކު ހެދިކާ ވިއްކާ ޓެންޓުތަކުގައި ބަައެއް ފަރާތްތަކުން ދިޔައީ ހެދިކާ ވިއްކަމުން ނެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ޓެންޓުތައް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ ޓެންޓުތައް ބާވެ ހަލާކުވެފައިވާތީ މަރާމާތު ކުރަން އަންނަ މަހު 10 ވަނަ ދުވަހު ޓެންޓުތައް ނަގާނެ ކަމަށެވެ. އަދި، ޓެންޓުތައް ނެގުމަ ށްފަހު އަލުން ބަހައްޓާނީ އެޗްޕީއިން މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތަކާއި އަމަަލު ކުރަން ޖެހޭ އުސޫލުގައި ބުނާ ގޮތަށެވެ.
"ޓެންޓުތައް ދޫކުރުމާއި ބޭނުން ކުރާނެ އުސޫލު މި ކޯޕަރޭޝަނުން އެކުލަވާލުމަށް ފަހު ސެޕްޓަމްބަަރު މަހުގެ ތެރޭގައި އާއްމު ކުރާނެ" އެޗްޑީސީގެ އިއުލާނެއްގައި ބުނެފައި އެވެ.
އިތުރަށް ބުނެފައު ވަނީ ޓެންޓުތައް ދޫކުރުމާއި ބޭނުން ކުރާނެ އުސޫލާމެދު އާއްމުންގެ ހިޔާލު ހޯދުމަށް އަންނަ މަހު މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާނެ ކަމަށެވެ.