ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނެގެޓިވް ޓޫރިސްޓުން ނޫނީ ނާދެވޭ ގޮތް ހަދަނީ

Aug 30, 2020
1

ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލު ބަދަލު ކުރަން ވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްވަމުން ޑރ. މައުސޫމް ވިދާޅުވީ ކޮވިޑް-19 އަށް ނެގެޓިވް ވިކަން ޔަގީންވުމުގެ ރާއްޖެއަށް ނާދެވޭ ގޮތަށް އުސޫލު ބަދަލުކޮށް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. މި ބަދަލު ގެންނަނީ އެންމެންގެ ރައްކާތެރިކަން ޔަގީން ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގޮތަށް ބަދަލު ގެނައުމުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީން ވެގެންދާނެ ރާއްޖޭގެ ރައްކާތެރިކަމާ ދޭތެރޭ،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިމަހު 7،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިސްޓުން އަންނަން ދަތިވަނީ ރާއްޖޭގެ މުހިންމު މާކެޓުތައް ނުހުޅުވޭތީ ކަމަށެވެ.

"އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން އަދި ރާއްޖެ އަށް ސީދާ ޓްރެވަލް ކުރުމުގެ ހުއްދައެއް ނެތް. އިނގިރޭސިވިލާތާއި ޔޫރަޕުގެ އެހެން މާކެޓްތަކުގައި ވެސް އެބަހުރި އެ މީހުން އެނބުރި ރަށަށް ގޮސް ކަރަންޓީން ވާން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ މި އަހަރު އެންމެ ގިނައިން ވެސް އަންނާނެ ކަމަށް ލަފާކުރެވެނީ 120،000 ޓޫރިސްޓުން ކަމަށެވެ.