ދުނިޔެ

ހަތް ދުވަސް ހަތް ވަޒަން: އަދިވެސް ކުރިޔަށް

ކަޅު ނަސްލުގެ ޒުވާނެއް ކަމުގައިވާ ޖެކޮބް ބްލޭކްއަށް މިދިޔަ ހަފުތާގައި ބަޑިން ދިން ރަހުމު ކުޑަ ހަމަލައާ ގުޅިގެން ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅާށް އެމެރިކާގެ ކެނޯޝާގައި އެތައްހާސް ބަޔަކު އިހުތިޖާޖް ކުރަމުން އެބަދެ އެވެ.

ދިހަ ހާހަށް ވުރެ ގިނަ މީހުން ވަނީ ފުލުހުންގެ އަނިޔާވެރި ކަމާއި ދެކޮޅަށް ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވެސް ވަރުގަދަ އިހުތިޖާޖެއް ކޮށްފަ އެވެ. ހަތް ވަޒަން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލި ޖެކޮބް ބްލޭކް 29، ވަނީ އުނަގަނޑުން ތިރި ވާގި ނެތިފަ އެވެ.

ހޮނިހިރު ދުވަހުގެ އިހުތިޖާޖްގައި ބައިވެރިން ގޮވަމުން ދިޔައީ "އިންސާފު ނެތި ސުލްހައެއް ނުވާނެ" ކަމަށެވެ. މި އިހުތިޖާޖްތަކަށް ހިނގާތާ މިހާރު ހަތް ދުވަސް ވެއްޖެ އެވެ.

މުޒާހަރާ ކުރަމުންދާ މީހުން ވަނީ ޝިއާރެއްގެ ގޮތުގައި "ހަތް ވަޒަން ހަތް ދުވަސް" ބޭނުން ކޮށްފަ އެވެ. އެ ޝިއާރު ގެނެސްފައި ވަނީ ބްލޭކްގެ ގަޔަށް ޖެހި ހަތް ވަޒަނަށް ނިސްބަތްކޮށެވެ. އިހުތިޖާޖުގައި ބައިވެރިވި މީހުން ދެމި ބެނާއެއްގައި "ޖެކޮބްއަށް އިންސާފު" ވެސް ލިޔެފައި ވެއެވެ. އެ އެންމެން އިހުތިޖާޖް ކުރަން ދިޔައީ ކެނޯޝަގެ ކައުންޓީ ކޯޓު ކައިރި އަށެވެ. އެތަނުގައި ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅާށް އެތައް ހާސް ބަޔަކު އަޑުއުފުލާފައި ވެއެވެ. އަދި އަންނަ ރިއާސި އިންތިހާބުގައި ބަދަލަކަށް ވޯޓު ދިނުމަށް ވެސް ގޮވާލިއެވެ

"އަހަރެންގެ ދަރިފުޅު ބުރަކަށްޓައް ހަތް ވަޒަން ޖަހާފައިޥޭ." ބްލޭކްސް ގެ ބައްޕަ ބުންޏެވެ. ފުލުންހުން ޢޭނަގެ ދަރިފުޅު މަރާލަން ހަމަލަ ދިނީ ކޮން ހައްގަކާއިލައިގެންތޯ ވެސް އޭނާ ސުވާލު ކުރުމަށް ފަހު އޭނަގެ ދަރިފުޅަކީ ޖަނަވާރެއް ކަމަށް ފުލުން ދުށީ އޭނަގެ ކޮންކުށެއް އޮވެގެންތޯވެސް ސުވާލު ކުރި އެވެ. އަދި ބުނީ އެ ވާހަކަތައް ދައްކަދައްކާ ޢޭނަ ވަރުބަލިވެއްޖެ ކަމަށެވެ.

އިހުތިޖާޖްގެ ބައިވެރިންނަށް ބްލޭކުގެ ބައްޕަ ގޮވާލީ ތަންތަން ހަލާކު ނުކުރުމަށާއި ލޫޓުވުން ފަދަ އަމަލުތައް ނުހިންގުމަށެވެ. އެފަދަ އަމަލުތަކުން އިސްލާހީ ބަދަލުތަކަށް ހުރަސް އެޅޭނެ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ފުލުސް އޮފިސަރެއް ކަމުގައިވާ ރުސްތެން ޝެސްކޭ އައި އިތުރު ދެ ފުލުހުން އެ މައްސަލަ ރިޕޯޓު ކުރި ތަނަށް ދިޔަ އެވެ. އެ ކަމުގެތެރޭގައި ރުސްތެން ޝެޝްކޭވަނީ ބްލޭކްގެ ބުރަކައްޓައް ފިސްތޯ ޖަހާފަ އެވެ. އެ ހަމަލާގެ ވީޑިއޯ އާންމުވުމާއެކު ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅާށް ހަމަނުޖެހުންތައް ފެށުނެވެ.

މީގެ ތިން މަސް ކުރިން ކަޅު ނަސްލުގެ ޖޯހް ފްލޮއިޑްގެ މަރާ ގުޅިގެން ހިތްހަމަނުޖެހުންފާޅުކުރުމަށް ކޮންމެ ދުވަހަކު މީހުންތައް މަގުމައްޗަސް އެއްވެ އިމާރާތްތަކަށާޢި އުޅަނދުފަހަރަށް ވެސް ވަނީ ބޮޑެތި ގެއްލުންދިފަ އެވެ. މިދިއަ ހުކުރު ދުވަހު ނެޝަނަލް ގާޑްގެ ކޮމާންޑާ ވިދާޅުވީ އަމަން އަމާންކަން ގާއިމު ކުރުމަށް އެ މުއައްސަސާގެ އެއްހާސް މީޙުން ތައްޔާރީ ހާލަތައް ގެނެސްފައި ކަމަށެވެ. އަދި އެ އަދަދު އިތުރު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.