އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް އާއި ޝިޔާމްވެސް ފުލުހަށް ހާޒިރު ކުރަނީ

އިދިކޮޅު ލީޑު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އަބްދުއްރަހީމް އާއި ޝިޔާމް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއުއަށްވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ.

މި ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސައިކަލް ބުރާއި ގުޅިގެންނެވެ.

އަބްދުއްރަހީމް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. ޝިޔާމް ފުލުހަށް ހާޒިރުކުރަނީ މާސަމާ 12:00 އަށެވެ. ރައީސް ވަހީދު ފުލުހަށް ހާޒިރުވެވަޑައިގަންނަވާނީ މިއަދު ހަވީރު 4:00 އަށެވެ. އަދި ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 7:00 އަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހުކުރު ދުވަހުގެ ސައިކަލް ބުރުގައި ގައިދުރުކަން ނެތް ކަމަށާއި ބައެއް އަދި ފަރާތްތަކުން މާސްކު ނާޅާ ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ ފުލުހުން މިހާރު ވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ.