ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ބަލި މީހުން ތިބި 31 ރަށެއް، 15 ރިސޯޓެއް

ކޮވިޑް-19 ގެ ބަލި މީހުން 31 ރަށެއްގައި އަދި 15 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ. ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން އެ ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ މީހުންނާއި މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް

  • ސ. ފޭދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ
  • ކ. ތުލުސްދޫ
  • ފ. ނިލަންދޫ
  • ކ. ހިންމަފުށި
  • އދ. މާމިގިލި
  • ތ. މަޑިފުށި
  • ޅ. ހިންނަވަރު
  • ތ. ތިމަރަފުށި
  • އދ. އޮމަދޫ
  • ރ. އިނގުރައިދޫ
  • ރ. ދުވާފަރު
  • ލ. ގަން
  • ރ. ކިނަޅޮސް
  • ތ. އޮމަދޫ
  • ދ. ރިނބުދޫ
  • ފ. ދަރަބޫދޫ
  • މ. މުލައް
  • ބ. އޭދަފުށި
  • ކ. މާފުށި
  • ފ. ބިލެއްދޫ
  • ކ. ދިއްފުށި
  • ގއ. ވިލިގިލި
  • ކ. ގުރައިދޫ
  • ށ. ޅައިމަގު
  • ގއ. ދެއްވަދޫ
  • ޅ. ނައިފަރު
  • ދ. މީދޫ
  • ގދ. ތިނަދޫ

މި 31 ރަށުގައި 48 މީހަކު ޕޮޒިޓިވްވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

މީގެ އިތުރުން 15 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 19 މުވައްޒިފުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.