ނިއުރޭޑިއަންޓް

ނިއުއަށް ސާބިއާގެ ކޯޗަކު ހަމަޖައްސައިފި

Oct 10, 2015
1

ނިއުރޭޑިއަންޓްގެ ކޯޗް ކަމަށް ސާބިއާގެ ތަޖުރިބާކާރަކު ހަމަޖައްސައިފި އެވެ.

ނިއުއަށް އަލަށް ހަމަޖެއްސި ޔުއެފާ އޭ ލައިސަންސް އޮންނަ ކަވަޒޮވިޗް ވަނީ މީގެ ކުރިން ސްރީލަންކާ އާއި ތަޖަކިސްތާންގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން ތަޖަކިސްތާނުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އިސްތިގްލޯލް ޑުޝަންބީ އަށް 2012 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބްކޮށްދީފައެވެ.

ނިއުއަށް ބިދޭސީ ކޯޗަކު ހަމަޖެއްސީ މިހާތަނަށް އެ މަގާމުގައި ހުރި ސޮބާހު މުހައްމަދު އިސްތިއުފާ ދިނުމުންނެވެ.