ކުޅިވަރު

ބަސް ނޭނގޭތީ ބޭލްގެ ވާހަކަ ނާހަން: ގިގްސް

ޒިދާން އާއި ގިގްސް
0%
0%
0%

ބަސް ނޭނގޭތީ، ގެރެތު ބޭލްގެ ކަންތަކުގައި ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން އާ ވާހަކަ ނުދައްކާ ކަމަށް ވޭލްސްގެ ކޯޗް ރަޔާން ގިސް ބުނެފި އެވެ.

ކޮވިޑް-19 އަށް ފަހު ޖޫން މަހު ލަލީގާ އަލުން ފެށި ފަހުން ރެއާލްގެ ޓީމުން ބޭލްއަށް ފުރުސަތު ލިބުނީ އެންމެ މެޗަކުންނެވެ. އެހެން ނަމަވެސް ވޭލްސްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދީފައި ވެއެވެ. ބޭލްގެ ކަންތަކުގައި ޒިދާން އާ ވާހަކަ ދައްކަން މަސައްކަތް ކުރިންތޯ ސުވާލު ކުރުމުން ގިގްސް ބުނީ ވާހަކަ ދައްކާނެ ބަސް ނޭނގޭތީ ޒިދާން އާ ވާހަކ ނުދައްކާ ކަމަށެވެ.

"އަހަރެން ޒިދާން އާ ވަހަކައެއް ނުދައްކަން،" މީޑިއާގައި ގިގްސް ބުންޏެވެ. "އަހަރެންގެ ފްރެންޗް އަދި ސްޕެނިޝް އެހާ ރަނގަޅެއް ނޫން، އެއީ އެކަމުގައި އަހަރެންގެ ހާލަތަކީ، ތަޖުރިބާއިން އަހަންނަށް އެނގޭ ޒިދާންގެ އިނގިރޭސި އެހާ ރަނގަޅު ނޫންކަން."

ބޭލްއަށް މެޗުގެ ޓައިމް ލިބިފައި ނުވުމަކީ ގައުމީ ޓީމުގައި ގިގްސްގެ ކަންބޮޑު ވުމެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް ކައިރިން ހާލަތު ބަލަމުން މިދަނީ، ޓީމުގެ ކޭމްޕަށް ގެރެތު އައުމުން އަހަރެން އޭނާ އާ ވާހަކަ ދައްކާނަން."

ޔޫއެފާ ނޭޝަން ލީގްގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ވޭލްސް ނުކުންނާނީ ބަލްގޭރިއާ އަދި ފިލެންޑާ ދެކޮޅަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345