ހަބަރު

ސިޔާސީ ޕާޓީތަކާމެދު އަމަލު ކުރަނީ ތަފާތު ނުކޮށް: އީސީ

ޕާޓީތަކާމެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ އާ ހަވާލުވެ ތިބެ، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާމެދު އަމަލުކުރަނީ ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބަޔާނެއް ނެރެ ބުނީ، ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި ރެގިއުލޭޓް ކޮށް ފިޔަވަޅު އެޅުމުގެޒިންމާ އާ ހަވާލުވެތިބޭ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު އަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތި އެވެ. އެކޮމިޝަނުން މިހެން ބުނީ، ސޯޝަލް މީޑީއާ މެދުވެރިކޮށް މެމްބަރުންނަށް ބިރުދައްކަމުންދާތީ ކަމަށްވެސް ބުންޏެވެ.

" ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލުކުރަމުންދާއިރު، ސޯޝަލް މީޑީއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވާތީ، މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރަން.." ބަޔާނުގައި ބުނެ އެވެ.

އަދި ބުނީ، އިންތިހާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކުކަން ކަށަވަރު ކުރުމަކީ ވެސް އެ ކޮމިޝަނުން އަބަދުވެސް ޔަގީން ކުރާ ކަމަށެވެ.

އިލެކްޝަންސް އިން މިހެން ބުނި އިރު މިދިޔަ ދުވަސްތަކުގައި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ، އިން މާލެތެރޭގައި ހިންގި ހަރަކާތްތަކާ ގުޅިގެން އެ ކޮމިޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އިދިކޮޅު ޕާޓީތަކުން ކޮންމެ ޕާޓީއެއް 75،000ރ. އިން މިއަދު ވަނީ ޖުރިމަނާ ކޮށްފަ އެވެ.