ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

"އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުވާނެ"

Aug 31, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަން ހޮސްޕިޓަލް (ޑީއެޗް) ގައި އޮންނެވި ކުރީގެ ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށާ އުންމީދަކީ ވަރަށް އަވަހަށް އާއިލާއާއި ބައްދަލުވުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިރޭ ވަނީ ޑީއެޗްގައި އޮންނަވައިގެން އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ވީޑިއޯ ކޯލެއް ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އައިސޮލޭޝަންގައި ހުންނެވި ނަމަވެސް އަނބިކަނބަލުން ނަސްރީނާއާއި ވާހަކަފުޅު ދައްކާލެވުމުން ހާއްސަ އުފަލެއް ލިބިވަޑައިގެންފި ކަމަށެވެ. ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާ އުންމީދަކީ ވަރަށް އަވަހަށް އާއިލާ ކައިރިއަށް ވަޑައިގަތުން ކަމަށް ވެސް ލިޔުއްވާފައި ވެއެވެ.

ރައީސް މައުމޫން މެޑަމް ނަސްރީނާއަށް ވީޑިއޯކޯލެއް ކުރަވާ ފޮޓޯ މިހާރު ވަނީ ވަރަށް ގިނަ ބައެއް ސަމާލު ކަމަށް އައިސްފަ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ރޭ ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް ކަމަށާ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ. އަދި އާއިލާގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެފައިނުވާ ކަމަށް ވެސް ވިދާޅުވި .

"އަލްހަމްދުﷲ، އަޅުގަނޑުގެ ހާލު ވަރަށް ރަނގަޅު،"

ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް މައުމޫން އޮންނެވީ ޑީއެޗްގެ 20 ވަނަ ފަންގިފިލާގަ އެވެ.