ސަރުކާރުން ގއ. ވިލިނގިލީގައި ގާއިމް ކުރި ކޮވިޑް ފެސިލިޓީގައި ބަހައްޓަން އެ ރަށަށް ގެންދިޔަ ބަލި މީހާ އެ ރަށަށް އަރުވަން އެ ރަށުން ބަޔަކު ހުރަސް އެޅުމުން އެ މީހާ މާލެ ގެނެސް ހުޅުމާލޭގެ މެޑިކަލް ފެސިލިޓީޒްގައި އެޑްމިޓްކޮށް ފަރުވާ ފަށައިފި އެވެ. އެޗްޕީއޭއިން އެކަން ކަށަވަރުކޮށް ދީފައި ވެއެވެ.
ބަލިވުމުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބެހެއްޓުމަށް އެ ރަށަށް ގެންގޮސް ރަށަށް އަރުވަން އުޅުނީ ޖެހިގެން އޮންނަ ގދ. އަތޮޅުގެ ތިނަދޫން އެ ބައްޔަށް ޕޮޒިޓިވްވި 68 އަހަރުގެ މީހެކެވެ.
ސީ އެމްބިއުލާންސްގައި އެ މީހާ މިއަދު ތިނަދޫން ވިލިނގިއްޔަށް ގެންދިޔަ ނަމަވެސް އެ ރަށުގެ ބަޔަކު ވަނީ އެ ރަށަށް އެ މީހާ އަރުވަން ދެކޮޅު ހަދައި އިޖުތިޖާޖެއް ކޮށްފަ އެވެ. އޭގެ ސަބަބުން ދެ ގަޑިއިރަށްވުރެ ގިނަ އިރު އެ މީހާއަށް އެ ރަށުގެ ނެރުމަތީގައި އޮތް ސީއެމްބިއުލާންސްގެ ތެރޭގައި ހުންނާން ޖެހުނެވެ. އަދި ފަހު އަނބުރާ ތިނަދޫއަށް ދިޔައީ އެވެ. އެމީހާ ނާރުވާން އިހުތިޖާޖެއް ކުރީ އެމީހާއަށް ފެންނަ ހިސާބުގަ އެވެ.
އެ މީހާ ވިލިނގިއްޔަށް އޭނާ ނޭރުވި މައްސަލަ އާއި އޭނާގެ ކުރިމަތީގައި ދެކޮޅު ހަދައި އިހުތިޖާޖެއް ކުރި މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ.