ދީނަށް ފުރައްސާރަ ކުރުން

ޗާލީ ހެބުޑޫ: އަނެއްކާވެސް ރަސޫލާއަށް ފުރައްސާރަކޮށްފި

Sep 2, 2020
1

ފަރަންސޭސި ވިލާތުގެ ހައްދުފަހަނަ އަޅާފައިވާ މަޖައްލާ "ޗާލީ ހެބްޑޫ" އިން އަނެއްކާވެސް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ޝާއިއު ކޮށްފި އެވެ. މި ފަހަރު 12 ކާޓޫނެއް އެ މީހުން ޝާއިއު ކުރި އެވެ.

މި މަޖައްލާއަކީ މުސްލިމު އުންމަތް ރުޅިއައެރުވުމަށް މަސައްކަތްކޮށް އިސްލާމް ދީނަށް ފުރަައްސާރަ ކުރުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ގޮތުން ކާޓޫން ކުރަހާ ޝާއިއު ކުރާ ބައެކެވެ.

މި ކާޓޫނުތަކަކީ ޑެންމާކުގެ ނޫހެއްގައި ފުރަތަމަ ޝާއިއުކުރި އެއްޗެކެވެ.

މި މަޖައްލާއިން ކާޓޫނުތައް މި ޝާއިއު ކުރީ ޗާލީ ހެބްޑޫއަށް ހަމަލަ ދޭން އެހީވުމުގެ ކުށުގެ ތުހުމަތު އޮތް މީހުންގެ ޝަރީއަތް ފަށަން ނިންމާފައި ވަނިކޮށެވެ.

ޝަރީއަތައް 14 މީހަކު ހާޒިރު ކުރާނެ އެވެ. އެމީހުންގެ ކުށެއް ކަމަށް ބުނަނީ ޕެރިހުގައި ހުންނަ ޗާލީ ހެބްޑޫގެ އޮފީހުގެ އިތުރުން ސުޕަމާކެޓަކަށާއި ފުލުސް އޮފިސަރަކަށް ދިން ހަމަލައެއްގައި އެހީވުމެވެ.