ބްލޫންބާގް ބިލިއަނަރުންގެ އިންޑެކްސްއިން ހާމަކުރި ގޮތުން އެމެރިކާގެ އިލަން މަސްކަކީ މިހާރު ދުނިޔޭގައި ތިންވަނައަށް އެންމެ މުއްސަނދި މީހާ އެވެ. އެ އިންޑެކްހަށް އައި މި ބަދަލާއެކު މަސްކު މިހާރު ވެފައި ވަނީ ބާނާޑް އާނޯލްޓާއި ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގަށްވުރެ ވެސް ތަނަވަސް މީހަކަށެވެ.
މަސްކުގެ މުއްސަނދިކަމުގެ މިންވަރު ހުރެފައި ހަމަ ކުއްލިއަކަށް އެހާ ބޮޑުތަނުން އުފުލުނީ މިދިއަ ހޯމަދުވަހު ޓެސްލާގެ ހިއްސާއިން 12 ޕަސެންޓްގެ ކުރިއެރުމެއް ލިބުމުންނެވެ.
ދުނިޔޭގައި މިހާރު މަސްކަށްވުރެ މުއްސަނދި މީހުނަށް މިވަގުތު ތިބީ ޖެފް ބެޒޯސް އާއި ބިލް ގޭޓްސް އެވެ. މިވަގުތު ދުނިޔޭގައި ތިބި އެންމެ މުސަނދި ބިލޔަނަރުންގެ ތަރުތީބަކީ އެމެރިކާގެ ޖެފް ބެޒޯސް އާއި ބިލް ގޭޓްސް އާއި އީލަން މަސްކް އާއި މާކް ޒުކަބާގް އަދި ފްރާންސްގެ ބާނާޑް އާނޯލްޓޭވެ.
ޓެސްލާގެ އިތުރުން މަސްކަކިީ އިތުރު އެތައް ކުންފުންޏެއްގެ ފައުންޑާ އެވެ. އޭގެތެރޭގައި ސްޕޭސް އެކްސް އާއި ދަބޯރިންގް ކޮމްޕެނީ އާއި ހައިޕާލޫޕް އަދި އޯޕެންއަލް ހިމެނެ އެވެ .
ޓެސްލާ ކުންފުނީގެ ހިއްސާގެ ފައިދާ ވަނީ މި އަހަރުތެެރޭގައި 500 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިކުންފުނީގެ އަގު މިހާރު ވަނީ 475 ބިލިއަން ޑޮލަރަށް އުފުލިފަ އެވެ މަސްކަށް މުސާރަ އާއި ބޯނަސްގެ ގޮތުގައި ޓެސްލާއިން އެއްވެސް ފައިސާއެއް ނުދެ އެވެ. އޭގެ ބަދަލުގައި ޓެސްލާގެ ހިއްސާދާރުން 2018 ވަނައަހަރު ނިންމާމާފައި ވަނީ މުސާރައިގެ ބަދަލުގައި އެތައް މިލިއަންގެ ސްޓޮކް އޮޕްޝަންސް ދިނުމަށެވެ. އެގޮތުން އޭނައަށް ވަނީ ދެ ބިލިއަން ޑޮލަރު ކުންފުނިންދީފަ އެވެ. މިގޮތަށް ދެނީ ކުންފުނީގެ ފައިދާ ވަކިވަރަކަށްވުރެ މައްޗައްދި އުމާއި ހިއްސާގެ އަގުމައްްޗަށް ދިއުމުންނެވެ.
ޓެސްލާގެ 18 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ވެސް މަސްކެވެ. މި އަދަދަކީ ދެން އެންމެގިނަ ހިއްސާ ކޮންޓްރޯލްކުރާ ހިއްސާދާރައްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މަސްކުގެ އާމްދަނީ މި އަހަރު ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރު އިތުރުވެފައި ކަމަށް ފޯބްސް އާއި ބްލޫމްބާގްއިން ލަފާ ކުރެއެވެ. ޖެނުއަރީ 2020 ގައި މަސްކުގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 32 ބިލިއަންޑޮލަރެވެ މީގެތެރެއިން ދެބައިކުޅަ އެއްބައި އާމްދަނީ ލިބުނީ ޓެސްލާގެ ހިއްސާއިންނެވެ. އުމުރުން 42 އަހަރުގެ މަސްކްގެ ޖުމްލަ މުއްސަނދިކަން 102.1 ބިލިއަން އެމެރިކާ ޑޮލަރަށް މިހާރު އަރަ އެވެ.