ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް ނެގެޓިވް ޓޫރިސްޓުންނަށް ނޫނީ ނާދެވޭ ގޮތް ހަދައިފި

Sep 2, 2020
2

ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލަށް ބަދަލު ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓުގެ ސެޓްފިކެޓެއް ހުށަހަޅަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 އަށް ނެގެޓިވް ވިކަން ޔަގީންވުމުގެ ރާއްޖެއަށް ނާދެވޭ ގޮތަށް އުސޫލު ބަދަލު ގެންނަން ނިންމީ، އެންމެންގެ ރައްކާތެރިކަން ޔަގީން ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގޮތަށް ބަދަލު ގެނައުމުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީން ވެގެންދާނެ ރާއްޖޭގެ ރައްކާތެރިކަމާ ދޭތެރޭ،" މައުސޫމް ވިދާޅުވި އެވެ.

ޖުލައި މަހުގެ 15 ގައި ޓޫރިޒަމް ހުޅުވާލިނަމަވެސް ރާއްޖެއަށް އެކަށީގެންވާ އަދަދަކަށް ޓޫރިސްޓުންނެއް ނާދެ އެވެ. މިހާތަނަށް އައިސްފައިވަނީ 9،329 ޓޫރިސްޓުންނެވެ.