ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑް-19 އިގެ ހޭދަ 1.1 ބިލިއަން ރުފިޔާއަށް

Sep 2, 2020
1

ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ހަރަދަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އިގެ ބަލި ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާއިރު، ކޮވިޑް-19 އަށް ކުރަމުން ގެންދާ ހޭދަ ވެސް ދަނީ މަތި ވަމުންނެވެ. ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރި ހޭދަވަނީ މިދިޔަ ހަފުތާއަށް ވުރެ 2.7 ޕަސެންޓުގެ އިތުރުވެފަ އެވެ.

މި ބަލިމަޑުކަމުން ރައްކާތެރިވާން ސަރުކާރުން ކުރަމުންދާ ހޭދައިގެ ބޮޑުބައެއް ހަރަދު ވަމުންދަނީ ސިއްހީ ދާއިރާ އާއި އިޖުތިމާއީ ކަންކަމަށް ކުރާ ހޭދަ އަށެވެ. މި މުއްދަތުގައި ބަޖެޓުން ކޮވިޑް-19 އަށް ކުރި ހަރަދުގެ 52 ޕަސެންޓް އެކަމަށް ހިއްސާ ކުރި އެވެ.

މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ އަށެވެ. އެ އޮތޯރިޓީ އަށް 749.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ހެލްތް މިނިސްޓްރީއަށް މިހާތަނަށް 174.6 މިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ.